Picture

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ޢިނާމު ދިނުމުގެ ޖަލްސާ ކުލަގަދަ ގޮތެއްގައި ހޯމަ ދުވަހުގެރޭ ސްކޫލުގައި ބާއްވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރ އަލްފާޟިލް މުޙައްމަދު ޝަފީއުއާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޞިލް ޖަމްޝީދު މުހައްމަދު އަދި ކުޅުދުއްފުށީގެ އޮފީސް ތަކުގެ އިސްވެރިން ބައިވެރިވެ ވަޑައި ގެންނެވި މިޙަފްލާ ޝަރަފްވެރި ކޮށް ދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރ އަލްފާޞިލް މުޙައްމަދު ޝަފީއުއެވެ.

އަހަރީ ޢިނާމު ދިނުމުގެ ޖަލްސާގައި ވޭތުވެދިޔަ އަހަރު އެސްކޫލުގެ އެކި ގްރޭޑްތަކުން ނަތީޖާގެ ކުރިއެރުން ހޯދި ދަރިވަރުންނަށާއި، އަޚްލާޤީ ގޮތުން އެންމެ ރަނގަޅު ދަރިވަރުންނަށާއި އަދި މަތީ ގްރޭޑް ތައް ޙާޞިލް ކުރި ދަރިވަރުންނަށް ޝީލްޑާއި ސެޓްފިކެޓް ޙަވާލު ކުރެވުނެވެ. އަދި  ސްކޫލަށް އެކިރޮނގު ރޮނގުން ރީތި ނަން ހޯދައި ދިން  ދަރިވަރުންނަށް ވެސް ތަށްޓާއި ޝީލްޑާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން ވޭތިވެދިޔަ އަހަރު 100% ހާޒިރުވި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީލިޔުން ދެވިފައިވެއެވެ.

މި ފަހަރުގެ ޕްރައިޒްޑޭގެ ޓޮޕްޓެންގައި 12 ދަރިވަރަކު ހިމެނިފައި ވެއެވެ. އެއީ އަނާން ފަރީދު، މުޙައްމަދު އީމާން، މުޙައްމަދު އިބްރާހިމް، ސިނާ ހަސަން، އައިމިނަތު ޝަފްޤާ، ފަޒީލާ ޖައުފަރު، އައިޝަތު ޖަޒީލާ، ހަސަން ހުސެން، އައިޝަތު ޔުޝްރާ އަދި އައިމިނަތު އައިނާއެވެ


2010 ވަނަ އަހަރުގެ ބެސްއޯލް ރައުންޑް ކަބްސްކައުޓް އަކަށް ހޮވިފައިވަނީ އަފްތީމް އިބްރާޙިމް، ބެސްއޯލް ރައުންޑް ސްކައުޓް އަކަށް ހޮވިފައިވަނީ މުޙައްމަދު އިބްރާހިމް، ބެސްއޯލް ރައުންޑް ލިޓްލްމެއިޑް އަކަށް ހޮވިފައިވަނީ އިޒްކާ މުޙައްމަދު، ބެސްއޯލް ރައުންޑް ގާލްގައިޑަކަށް ހޮވިފައިވަނީ ނަޝާ ނިޒާރު އަދި ބެސްއޯލް ރައުންޑް ބޭންޑްސްމަން އަކަށް ހޮވިފައިވަނީ އީނާސް މުޙައްމަދެވެ.މި ފަހަރުގެ ޕްރައިޒްޑޭގެ ޓޮޕްޓެންގައި 12 ދަރިވަރަކު ހިމެނިފައި ވެއެވެ. އެއީ އަނާން ފަރީދު، މުޙައްމަދު އީމާން، މުޙައްމަދު އިބްރާހިމް، ސިނާ ހަސަން، އައިމިނަތު ޝަފްޤާ، ފަޒީލާ ޖައުފަރު، އައިޝަތު ޖަޒީލާ، ހަސަން ހުސެން، އައިޝަތު ޔުޝްރާ އަދި އައިމިނަތު އައިނާއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެޙްމާން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރ އަލްފާޟިލް މުޙައްމަދު ޝަފީއު ވިދާޅުވީ ނިމިދިޔަ އަހަރު ރަގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް މަރުހަބާއާއި ސާބަސް ރައްދުކުރިއެވެ. އަދި މައިންބަފައިންނާއި މުދައްރިސުން ދަރިވަރުންނަށް ކަންތައްތަކެއް މަނާކުރަނީ ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގަވަނީ އެކަންތައްތަކުގެ ފަހަތުގައި އެދަރިވަރުންނަށް ކޮންމެވެސް ފައިދާތަކެއްވާތީކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި މަރުޙަބާ ދެންނެވީ ގްރެޖުއޭޓް ޓީޗަރ އަލްފާޟިލާ މަންދޫހާ ހަސަންއެވެ. އަދި ވޭތިވެދިޔަ އަހަރުގެ ރިޕޯރޓް އިއްވަވައި ދެއްވީ ސްކޫލްގެ ޕުރިންސިޕަލް އަލްފާޟިލް އިބްރާހިމް މުޙައްމަދެވެ. ގްރޭޑް 1، 2 ގެ ކުދިންނަށް އިނާމުތައް ބައްސަވައިދެއްވީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް މޫސާއެވެ. ގްރޭޑް 3 އަދި ސެން ކުލާސް ކުދިންގެ އިނާމުތައް ބައްސަވައި ދެއްވީ ޖަލާލުއްދީން ސްކޫލްގެ ޕްރިނަސިޕަލް އަލްފާޟިލް ސައީދު އަހުމަދެވެ. ރަށު ކައުންސިލްގެ ރައީސް އަލްފާޟިލް ޖަމްސީދު މުޙައްމަދު ގްރޭޑް 4، 5 ގެ ކުދިންނަށް އިނާމްތައް ބައްސަވައިދެއްވާފައިވާއިރު ގްރޭޑް 6، 7 ގެ ދަރިވަރުންނަށް އިނާމުތައް ބައްސަވައިދެއްވާފައިވަނީ މަތިއުތުރު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓުގެ ސްޕްރިންޓެންޑް އަލްފާޟިލް އިބްރާހިމް ރަޝީދުއެވެ. އަދި މި ޖަލްސާގެ ހާއްސަ ވަނަތަކަށް އިނާމާއި ސީލްޑް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރ އަލްފާޟިލް މުޙައްމަދު ޝަފީއުއެވެ.